MTCC

އެމްޑީޕީން މުޒާހަރާ ކުރަނީ ގުރުބާންވީ ތިމަންނައޭ ބުނެ، ފޮޓޯ ހޯދަން:ޝުޖާއު

މެންބަރު އިބްރާހިމް ޝުޖާއު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - (ފޮޓޯ: (ޕީއެންސީ

އެމްޑީޕީން މުޒާހަރާ ކުރަނީ ގުރުބާންވީ ތިމަންނައޭ ބުނެ، ފޮޓޯ ހޯދަން:ޝުޖާއު

SHARE

އެމްޑީޕީން މުޒާހަރާކުރަނީ ސަރުކާރު ގޯސްވެގެން ނޫން ކަމަށާއި، އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ މެންބަރުން، ގުރުބާންވީ ތިމަންނައޭ ބުނެ ފޮޓޯ ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާ ތަކަކީ އެމްޑީޕީ އިން ސަރުކާރުން ވަކިކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ.

".ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގަ.ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް.ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް.ރައީސުލް ޖުމްހޫރިއްޔާ ރަގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން."

ޝުޖާއު އިތުރަށް ވިދާޅުވީ މި މުޒާހަރާތަކަކީ، އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ މެންބަރުން ބޭނުންވާ ފޮޓޯ، ހޯދުމަށް ކުރާ މުޒާހަރާތަކެއް ކަަމަށެވެ. މިއީ ގުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެންބަރުންނަށް ދައްކަން ކުރާ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.ޝުޖާއު ވިދާޅުވީ،މާލެއާއި މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ލޮބުވެތި ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި ދެކޭ ކަމަށެވެ،