ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އިންތިހާބުވި ނަމަވެސް، ޕާޓީގެ ވިސްނުން އިސް ނުކުރުމަށާއި، ހުރިހާ ރައްޔިތުން ހަމަހަމަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މިފަދައިން ވިދާޅުވީ އއ. އުކުޅަހާއި ތޮއްޑުއާ ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ހުރިހާ ރަށަކަށް ވެސް ހަމަހަމަކާަމާއެކު ސރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮންނާނެ ކަމަށެވެ. އަދި އެއްވެސް ރަށެއް ސިޔާސީ ފިކުރުގައި، ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.
މީގެއިތުރުން، ނިމިދިޔަ އިންތިހާބުގައި މުޅި ރާއްޖެއިން ވެސް ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ސަރުކާރުން ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށެވެ.
"އަޅުގަނޑުގެ ކުރިމަތީ ހުރިހާ ރައްޔިތުން ހަމަހަމަ، ހުރިހާ ސިޓީތަކެއްގެ ރައްޔިތުން ވެސް ހަމަހަމަ. އެންމެ ކުޑަ ރަށުގެ ރައްޔިތުންނާ އެންމެ ބޮޑު ސިޓީއާ ވެސް އެގޮތުން ހަމަހަމަ. ހުރިހާ ސިޓީތަކަށް ކުރަން ހުރި ކަންކަމުގައިވެސް އަޅުގަނޑު އިސްކުރާނީ، ސަރުކާރުން އިސްކުރާނީ އަދުލުވެރިކަން އަދި ހަމަހަމަކަން."
ހަމަމިއާއެކު، ރައީސް ވިދާޅުވީ، މިހާރު މިފެންނަ މަންޒަރުން މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ސަރުކާރަށް ލިބޭނެ ހެން ހީނުވާ ކަމަށެވެ. ރައީސް ވިދާޅުވީ، ޕީއެންސީގެ ފިކުރުގެ އެންމެހާ ބޭފުޅުންވެސް އިސްކުރާނީ ގައުމު ކަމަށާއި، ރައްޔިތުންވެސް އެގޮތުގައި ކުރިއަށް ދިއުމަށެވެ. ރައީސް އިތުރަށް ވިދާޅުވީ، ދާޅުވީ ކައުންސިލަކުން ހުރަހެއް އަޅާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށް ދެއްވާނެ ކަމަށެވެ.
ތޮއްޑޫ ދާއިރާއިން ކޮންގްރެސްއަަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވީ އއ ރަސްދޫގައެވެ. އެ ދާއިރާއިން ސަރުކާރު ހިންގާ ޕާޓީއަށް ވަނީ ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ.