އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި "ޓޯޓަލް ހިޕް ރިޕްލޭސްމަންޓް" ފުރިހަމަކުރި މުހައްމަދު ޔާސިން ބުނީ މި ތަޖުރިބާ އަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
ޔާސީން ބުނީ މުމްބާއީ އަދި އައިޖީއެމްއެޗް ބެލުމަށްފަހު، އޮޕަރޭޝަނަށް އައިޖީއެމްއެޗް ހިޔާރުކުރީ، އާސަންދައިން ހުރިހާ ހަރަދެއް ކަވަރ ކުރުމާއެކު، އާއިލާ ކައިރީގައި ތިބޭނެތީވެ ކަމަށެވެ.
މީގެއިތުރުން ޔާސީން ބުނީ އެމަރޖެންސީކޮށް ސާރޖަރީކޮށްފައިވާއިރު، ސާރޖަރީގައި އެއްވެސް ތަދެއް އިހުސާސު ނުވާކަމަށާއި، ސާރޖަރީއަށް ފަހުން ކޮންމެވެސް ވަރަކަށް ތަދު ހުރިނަމަވެސް، ވަރަށް އަވަހަަށް ރިކަވަރ ވެއްޖެ ކަމަށެވެ.
"10 ދުވަސް ތެރޭގައި އެއްްވެސް ސަޕޯޓަކާއި ނުލައި އަޅުގަނޑު ހިނގަން ފަށައިފިން."
ޔާސީން ބުނީ، ހީކުރި ވަރަށް ވުރެ ތަޖުރިބާ ރަނގަޅު ކަމަށާއި،އާފްޓަރ ކެއަރ ގައި ވެސް ނަރުހުންނާއި ޑޮކްޓަރުން ވަރަށް ރަނގަޅު ކަމަށެވެ. ކޮންމެ ގަޑިއަކު ގުޅިކަމުގައިވެސް، އެއީ ދަންވަރު ކަމުގައި ވީނަމަވެސް އަބަދުވެސް ކޮންމެވެސް ހައްލެއް ހޯދައިދޭ ކަަމަށް ޔާސީން ފާހަގަކުރެއްވިއެވެ. ޔާސީން ވަނީ ޑަކްޓަރުންނާއި ނަރުހުން ވެދިން އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކޮށް، އައިޖީއެމްއެޗްގެ މެނޭޖްމެންޓް އަށް ވެސް ޝުކުރު އަދާކޮށްފައެވެ.
"ވަރަށް ސްމޫތް ކޮށް ދިޔައީ. މިހާރު އެއްކޮށް ފިޓް ވެފައި މީނީ، މިކަހަލަ ކަމަކަށް އަޅުގަނޑު ރެކޮމެންޑް ކުރާނަން އައިޖީއެމްއެޗް. އެއްވެސް ކޮމްޕްލެއިން އެއް ނެތް."
މި އޮޕަރޭޝަނަށްފަހު ޔާސިންގެ ހާލަތު ރަނގަޅުވެ، މިހާރު ދަނީ އެއްވެސް ދަތިކަމެއްނެތި އާންމު ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.